Sunday, March 15, 2009

Friday, December 12, 2008

ސޫދީއަރަބިޔާގައި އުޅޭ ތުނބުޅިލީއަންހެނުން
ތަންދޮރުނޭނގޭ މީހުންގެ ސަމާލުކަމަށްޓަކާ ދަންނަވާލަން. މިއީ އަސްލު ހަބަރެއްނޫން. އެކަމު ސައުދީއަރަބިޔާއިން އިސްލާމީ ޝަރީއަތް ގާއިމުކުރަންވެގެން ކުރާ ގަޅި ކަންތައްތަކާ ދާދި އެއްގޮތް ޖޯކެއްމީ.

އިބުރާހިމްގެފާނު އަމިއްލަ ދަރިއާދިމާއަށް ވަޅިދިއްކުރިދުވަހުގެ ހެޔޮ އެދުންތައް އެއްމެހާ މުސްލިމުންނަށް އަރިސްކުރަން.ޔަހޫދީން ބުނަނީ އެއީ އިސްހާގު(ޔަހޫދީނަސްލުގެ) ގެފާނޭ، މުސްލިމުން ބުނަނީ އެއީ އިސްމާއީލް (އަރަބިންނާގުޅުންހުރިކަމަށް އަދި މުހަންމަދުގެފާނުގެ ގަބީލާއާގުޅިފައިވާކަމަށް ބުނެވޭ) ގެފާނޭ. ދެންނޭގެ. ނަސްލީކަމެއްބާމީ؟ ކޮންމެ އަކަސް އެސޮރު އެދުވަހު ވަރަށް ބިރުގަންނާނެ ކަމަށް ބެލެވެނީ. ހުރިހާއެންމެންވެސް މީނަމޫނާއަކަށްބަލައިގެން އުޅޭތި. އޭރުން ސުވަރުގެޔާ އެހުރިހާ ހޫރައްލީނުންތަކާމޮށެން ލިބޭނީ.

Saturday, April 5, 2008

ޖަމަލުގޮރު ބުއިމާއި ލޮލުގައި ދޮންދަނގަނޑުޖެއްސުން


ޞަޙީހުލް ބުޚާރީ: ވޮލިއުމް1، ފޮތް 4، ނަންބަރު 234

އަބޫ ޤިލާބާ ރިވާކުރެއްވިއެވެ:
އަނަސްގެފާނު ވިދާޅުވިއެވެ؛

"އުކްލު ނުވަތަ އުރައިނާ ޤަބީލާގެ ބަޔަކު މަދީނާއަށް އައެވެ. އަދި އެތަނުގެ މޫސުން އެމީހުންނާ ނުގުޅޭކަމަށްވިއެވެ. އެހެންވެ ނަބިއްޔާ އެމީހުންނަށް އެންގެވީ ކިރުމައި ޖަމަލުބައިގަނޑުގެ ކައިރިއަށްގޮސް އެއެއްޗިހީގެ ކިރާއި ގޮރު (ބޭހެއްގެގޮތުގައި) ބޮއެއުޅުމަށެވެ. ދެން އެބައިމީހުންނަށް އިރުޝާދުދެއްވި ފަދައިން ކަންކުރުމަށް އެމީހުން ދިޔައެވެ. އަދި އެމީހުންގެ ޞިއްޙަތު ރަނގަޅުވުމަށްފަހު އެމީހުން ނަބިއްޔާގެންގުޅުއްވާ ހުއިހައްޕާމީހާ މަރާލާ، ޖަމަލުތައް މިނިވަންކޮށް ދޫކޮށްލިއެވެ. މި ޚަބަރު ވަރަށް ހެނދުނާ ނަބިއްޔާއާ ހަމައަށް ގޮއްސިއެވެ. އަދި އެމީހުން ހޯދުމަށް ބަޔަކުފޮނުއްވާ އެމީހުން ހިފާ ހައްޔަރުކޮށްގެން މެންދުރުގެ ވަގުތެއްގައި ގެނެވުނެވެ.ދެން އެކަލޭގެފާނު އެމީހުންގެ އަތްފައި ކެނޑުމަށް އެންގެވިއެވެ (އަދި އެކަން އެފަދައިން ކުރެވުނެވެ). ދެން އެމީހުންގެ ލޮލުގައި ދޮންދަގަނޑު ޖެއްސިއެވެ. އަދި އަލް ހައްރާ އޭ ކިޔުނު ސަރަހައްދަކަށް އެމީހުން އެއްލާލެވުނެވެ. އަދި އެތަނުގައި އެމީހުން ފެންފޮދަކަށް އެދުމުން އެމީހުންނަށް ފެންދިނުމަށް އިންކާރުކުރެވުނެވެ."

އަބޫޤިލާބާ ދެންނެވިއެވެ "އެބައިމީހުން ވައްކަންކޮށް މީހުންމަރާ، އިސްލާމް ވުމަށްފަހު ކާފިރުވެ ﷲ އާއި ރަސޫލާއާ ދެކޮޅަށް ހަނގުރާމަކުރިއެވެ".


އިސްވެ ދެންނެވުނު ހަދީޘް އެއީ ހަދީސެއްކަމުގައި ނުހަދާ ދިވެހިރާއްޖޭގެ ގިނަ ބަޔަކަށް އެހަދީސް ގައި އެދީފައިވާ އަނިޔާތަކުގެ ވާހަކަ ބަޔާން ކޮއްފިނަމަ އެކަން ކުރީ ވަރަށް އަނިޔާވެރި، ނުލަފާ، އިންސާނިއްޔަތުކަމެއް ނެތް މީހެއްކަމުގައި ގިނަބަޔަކު ދެކޭނެ ކަމީ ޝައްކެއް އޮތް ކަމެއްވެސް ނޫނެވެ. އެކަމަކު އެއީ ހަދީސަކަށް ވުމުން އެއީ ހަމަ އެންމެ ރަނގަޅު، އެކަން ކުރުން އެންމެ ހެޔޮކަންބޮޑުގޮތް ކަމަށް ބުނާނެ މީހުން ގިނަވާނެއެވެ. މިއީ ދީން (އެގަބޫލުކުރާ) އިންސާނުންނަށް ހެވާއި ނުބައި އޮޅުވާލާ ގޮތުގެ ފުރިހަމަ މިސާލެކެވެ.

މިހަދީސްގައި އިސްލާމްވެގެން އައި ބަދަވީންގެ މީހުން ދެކެ މުހަންމަދުގެފާނު ކޯފާ އިސްކުރެއްވީ އެމީހުން އެތަނުގެ މޫސުމާމެދު ޝަކުވާކުރީމާކަމަށް ވުން ގާތެވެ. އެހެނީ އޭރު މުހައްމަދުގެފާނު އެހުންނެވީ މަދީނާގައި ދައުލަތެއް ބިނާކުރައްވާ ސިޔާސީ އަދި އަސްކަރީ ލީޑަރެއްގެ ގޮތުގައެވެ. ދެން މިބައިމީހުން ގާތަށްވެސް ޖަމަލު ކިރާއި ގޮރު ބޮއެގެން އުޅެން ޖެހުނީމާ ޒާތަކަށް ރުޅިވެސް އައީ ތޯއްޗެކެވެ. އެއީވެސް އިންސާނުން ވިއްޔާއެވެ. ކޮންމެއަކަސް މީހަކު މަރައިފި ނަމަ އެމީހަކަށް އިސްލާމްދީނާއި އެނޫންވެސް ވަރަށް ގިނަ ދީންތަކާއި ގާނޫނު ތަކުގައި އޮންނަނީ މަރެވެ. އެކަމު މިމީހާއަށް މިއަރުވާލި ވަރެއްތާއެވެ. ބުޚާރީގެ އެހެން ހަދީސަކުން އެނގޭގޮތުގައި މިމީހުންގެ އަތްފައި ކެނޑުމަށްފަހު ލޭތައް އޮހޮރި ހުސްވަންދެއް، ލޭމަނާވެސް ނުކޮށްބެހެއްޓީއެވެ. މިވާހަކައިގެ އެހެން ރިވާޔަތެއް (ހަމަ ބުޚާރީގެ) ގައި ވާގޮތުން އެމީހުންގެ ލޮލުގައި ދޮންދަނގަޑުޖެއްސުމުގެ އިތުރުން ލޯ ކޮނެލައިގެން ނަގާފައިވާކަމަށް ވެއެވެ. މިއީ ހަމަ ކަނޑައެޅިގެން ޒާތީ ހަސަދައެއް ފިލުވާލުމެވެ. އެމީހުން އެ މަރާލީ އެހެން މީހެއްގެ ބަކަރި ހުއިހައްޕާ މީހާނަމަކާ މިވަރެއް ނޭރުވީހެވެ.

މަރާލިޔަސް އެހާ އަނިޔާވެރި ނުވެ، ނޫނީ އެހާ ސިކު ގޮތަކަށް ނޫނަސް މީހަކު މަރާލެވިދާނެތޯއްޗެ! މީގެ ފަހުބައިގާ ހަދީސް ރިވާކުރިމީހާ އެއުޅެނީ މުހައްމަދުގެފާނުގެ އެ ޢަމަލު ދިފާޢުކުރަންކަމަށެވެ. އޭނާ އެބުނަން އުޅުނީ އެމީހުންގެ ކަންތައް ދެން މާމައްޗައްދިޔައިމާ މިހާ އަނިޔާވެރިކަންވެސް ދެއްކިދާނެއޭ އެވެ.

މީގައި މިވާ ކަންތައްތަކާއި ގުޅޭ އާޔަތެއް ޤުރުޢާނުގައިވެއެވެ. އެއީ އަލްމައިދާ ސޫރަތުގެ ތެއްތިރީސްވަނަ އާޔަތެވެ.(05:33).

މިއާޔަތުން ދޭހަވާ މާނައީ:

"ހަމަކަށަވަރުން ﷲ އާއި އެކަލާނގެ ރަސޫލާއާ ދެކޮޅުވެރިވެގަނެ ހަނގުރާމަކުރާމީހުންނަށް އޮތް އޮތް ޖަޒާއަކީ :އެމީހުން (އެހެންމީހުނަށް ފިލާވަޅަކަށް ވާނޭފަދަގޮތަކަށް) ޤަތުލުކުރުން، ނުވަތަ ޞަލީބަށް އެރުވުން، ނޫންނަމަ އަތްފައި ޚިލާފުވާނޭހެން (ކަނާއަތް ކަނޑައިފިނަމަ ވާތުފައި، ނުވަތަ ވާއަތްކަނޑައިފިނަމަ ކަނާތުފައި) ކެނޑުން ، ނުވަތަ ރަށުން ބޭރުކޮށް އަރުވާލުމެވެ. އެއީ މިދުނިޔޭގައި އެމީހުންނަށް ހުރި ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެމީހުންނަށް ގަދަފަދަވެގެންވާ އަޒާބު ދެވޭނެކަންކަށަވަރެވެ."

މިއާޔަތުގައި މިވަނީ ޙިރާބާ (ދެކޮޅުވެރިވެގަނެ ހަނގުރާމަކުރުމު)ގެ ހުކުމެވެ. ދެން ހަދީސްގައި އެވާމީހުން މި ގިންތިއަށް ފެތޭތޯ އެއީ އަދި އެހެން ސުވާލެކެވެ. ފެތެނީވެސް ތޯއްޗެކެވެ. ޔަގީންކޮށް އެނގޭކަމަކީ މި ކެޓެގަރީ އަށް އެމީހުން ގެ އަމަލު ފެތޭނަނަމަ މިއާޔަތުގައި މިވާ ކަންތައްތަކުގެ ތެރެއިން ކޮންމެވެސް އެއް އަދަބެއް މިޢަމަލު ހިންގައިފިމީހަކަށް ދެވިދާނެކަމަށް ފިޤުހުވެރިން ވިދާޅުވާކަމެވެ. ސަބަބަކީ މިއާޔަތުގައި އަންގާފައިމިވަނީ މިތަނުން ކޮންމެވެސް އެއް އަދަބެއް ދިނުމަށެވެ. ކޮންމެ ދެކަމެއްގެ ދެމެދުގައި 'އަވ' (ދިވެހިބަހުން 'ނުވަތަ'، 'ނޫންނަމަ') އާދެއެވެ. އެކަމަކު މުހައްމަދުގެފާނުގެ ޒާތީ ކަމެއްވީމާ މިއޮތީ ހުރިހާ އަދަބެއް އެކީ އެއްފަހަރާދީފައިތާއެވެ. ފަހަރެއްގައި އޭގެން އެކިމީހުންނަށް އެކި އަދަބު ދެވުނީ ކަމަށްވެދާނެއެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިއީ އިސްލާމްދީނުގައި ވާ އަނިޔާވެރި ކަމެއްކަމެވެ. ޤުރުޢާނުގައިވެސް ވާ ކަމެއް ކަމެވެ.

ދެން އެންމެ ހެއްވާކަމަކީ ޖެހިގެން އަންނަ އާޔަތުގައި އޮންނަނީ ﷲ ގެ ފާފަ ފުއްސެވުމާއި ރަހުމަތުގެ ވާހަކަ (ޢަފޫރުއްރަހީމް) އެވެ. އެކަމު މިބައިމީހުންނަށް މިހާވޭންހުރި އަނިޔާދީފައި އަދި އަބަދުގެ އަބަދަށް ނަރަކާގައި އަންދާނެކަމައްވެސް އެއޮތީއެވެ. މީގެ ޚުލާސާއަކީ އިސްލާމްދީނަކީ (މަދަނީ ދައުރަށްފަހު އައި ބައިގާ) އަނިޔާވެރިކަމުން ފުރިފައިވާ ދީނެއްކަމެވެ.

އަސްތާ! އަދި މިހުރީ ހަނދާންނެތިފައެވެ. ސައުދީއަރަބިޔާގެ އުއްތަމަ ފަނޑިޔާރު އަދި ޖަސްޓިސް މިނިސްޓަރު ޝެއިޚް ޢަބްދުލް މުޙްސިން ޢުބައިކާން ވަނީ ޖަމަލު ކިރާއި ގޮރު އެއްކޮށްގެން ބުއިމަކީ ޞިއްޙީގޮތުން ފައިދާ ހުރި ކަމެއްކަމަށް މިޒަމާނުގެ ސައެންސުންވެސް ހާމަވާކަމަށް ވިދާޅުވެފައެވެ. އަދި މިއީ މޭގެ (ލިވަރގެ) ބަލިތަކަށް ހުރި މޮޅު ފަރުވާއެއްކަމަށާއި އެއީ ވަރަށް ފައިދާ ހުރި ބުއިމެއްކަމަށް ވިދާޅުވެފައެވެ. އޭނާވިދާޅުވީ ޝަރުޢީގޮތުންވެސް އެކަން މަނާވާނޭ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ. ދެން މިރާއްޖެއަށްވެސް ޖަމަލުގޮރުގެ އެނާރޖީ ޑްރިންކުތައް އަދާލަތުޕާޓީން ގެނެސް ވިއްކާން ފަށާފާނެ ތޯއްޗެކެވެ. މިއީވެސް ދިރުވާންވެފައި އޮތް ބޮޑުވެގެންވާ ސުންނަތެއްވިއްޔާއެވެ.

ސުބްޙާނަﷲ އެވެ. ފައިދާކުރަނިވި ބުއިމެއްކަމުގައި ޖަމަލުގޮރުލެއްވި މަތިވެރި މާތްﷲ އަށް ހަމްދުކުރަމެވެ. މީހުންގެ ލޮލުގައި ދޮންދަނގަނޑު ޖައްސާ އަތްފައި ކަނޑުއްވާ އުޅުއްވި މާތް ރަސޫލާ ރަޙްމަތުއްލިލް ޢާލަމީން މުޙަންމަދުގެފާނަށް ޞަލަވާތްލައްވާށިއެވެ. އާމީން.ވަލްހަމްދުލިﷲ ރައްބިލްޢާލަމީން.
އ

Wednesday, April 2, 2008

އިސްލާމީ ހަރުކަށިކަމުގެ މަޅިން ދިވެހި ކުޑަކުދިން ސަލާމަތްކުރުން

Photo with thanks to millzero.

މިފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ މުހައްމަދު ރަސޫލުއްލޯލި ފިލްމުގެ ޝޫޓިންގ އެއްގެ މަންޒަރެއްނޫން، އަދި މިއީ އަފްޢާނިސްތާނުގެ ތޯރާބޯރާއެއް ނުވަތަ އަރަބިކަރައިގެ ގައުމެއްވެސް ނޫން. މިއީ އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިރާއްޖޭގެ ވެރިރަށް މާލޭ އެއްގަމުތޮށިމަތި.އާދެ ތިޔަ ފެނިވަޑައިގަންނަވާ ބަޖިޔާގާތަކަކީ މާލޭގެ ވަށައިގެންވާ ގާތައް، އެފެންނަ މޫދަކީ ދިވެހި ރާއްޖޭގެ މޫދު އަދި އެތިބަ ދެކުދިންނަކީ ދިވެހި ދެކުދިން.

މިއީ ކޮސްޓިއުމް ޕާޓީއެއްނޫން އެކަމަކު މިދެކުދިންގެ މައިންބަފައިންނަކީ ވައްހާބީންކަމުގައި ބެލެވެނީ. އެހެންވެ އެކުދިން އެހެދުންލައިގެން އުޅެން ޖެހިފަ އެތިބީ. ފައިކުރިވެސް އެހުރީ ހަމަ ނަރަކައިން ސަލާމަތްވާ ހިސާބުގަ. ސުވާލަކީ މިއީ އަނެއްކާ ދިވެހިންގެ މުސްތަގުބަލު ނޫންބާއޭ؟ މިއީ އާންމުކޮށް ދިވެހިން ހެދުންއަޅާ ގޮތައް ވެގެން ނުދާނެބާއޭ؟ ހެދުމާއެކު ދިވެހިންގެ އުޅުންވެސް އަދި އާދަކާދަވެސް މީލާދީން ހަތްވަނަ ގަރުނުގެ އަރަބިކަރަޔާ އެއްގޮތްވެގެން ނުދާނެބާވައޭ؟

މިކުދިން މި އަޅާފައި ތިބި ހެދުމެކޭ އެއްގޮތައް މިހާޅަކުދިން އަދި މިއަށްވުރެވެސް ޅަކުދިން ބުރުގާ އަޅުވަމުން ގެންދަނީ. އެއީ އެކުދިންގެ އަބުރު ރައްކާތެރިކުރަންށޯ. އެއްމެ ރަނގަޅު ދެން އެހެންވިއްޔާ އުމުރުން 12 އަހަރުވެސް ނުވާކުދިން ފަސްދޮޅަހައް އަރާފައި ތިބޭމީހުނާ އެ ދެވާލަނީ ކޯންޗެއް ހަނދާންވެގެންބާ؟ މިމީހުން ގަބޫލުކުރާގޮތުގައި ކުއްޖާ ޕީރިއަޑުވާން ފެށުމުން އެދެން ބޮޑުވީ.ދެން ފަސްދޮޅަހުގެ މުސްކުޅިއަކު ބޮޑުއެތިން އެކުއްޖާއަށް ހަމަލާދިނަސް އެއްމެ ރަނގަޅު. އެއީ މުހައްމަދުގެފާނުވެސް ނުވައަހަރުގެ އައިޝަތުގެފާނާ ކައިވެނިކުރެއްވީ ކުޑައިރު (ނުވަ އަހަރުގައި ކަމަށް ގިނަ އިލްމުވެރިން ދެކެނީ) ބުނެވެނީ. އެހެންވީމާ އެވެސް ވަނީ ބޮޑުވެގެންވާ ސުންނަތަކަށް.މީހަކު އަޖައިބުވެ އަންތަރީސްވާހާވޭ ދީނުގެ ހުރި ވިހަކަމާއި ބުއްދި ނުބައި ކުރުމުގެ ބާރާމެދު. ކާކުބާ ހަމަހޭގައި ހުރެ އެމީހެއްގެ އަމިއްލަ ދަރިއަކަށް އެހެން ހަދާނީ؟ ހަގީގަތަކީ މިބައިމީހުން މިތިބެނީ ދީނޭ ކިޔުނު އަފިހުން ކައިގެން އަރާ ގަހުގަ. އެހެންވެ އެމީހުންނަށް ހެވާއި ނުބައި، ރީއްޗާއި ހުތުރު، އުފަލާއި ހިތާމަ، އިންސާފާއި ބޭއިންސާފު އޮޅިފައި އެތިބެނީ. މިއަފިހުން ރަނގަޅަށް ކައިގެން އިނގޭތޯ އަމިއްލަ ގައިގާ ބޮންހަރުކޮށް އެގޮއްވާލަނީވެސް.

އެކަމު މިއަދު ދިވެހިރާއްޖެ އިސްލާމީ ހަރުކަށި ކަމުގެ ތެރެއަށް ވަދެގެން ދާތަން ބަލަން އަނގަޗޭކޮއްގެން އަޅުގަނޑުމެއް ތިބެންވެއްޖެނަމަ އަޅުގަނޑުމެންގެ ދަރީން މިކަމުގެ ހިތާމަ ކުރާނެ. މިކަމާ އަޅާ ނުލާ ތިބުމަކީ އެކުދިންގެ އަދި ގައުމުގެ މުސްތަގުބަލަށްޓަކައި ވެވޭ ބޮޑު އިހުމާލެއް، ކުރެވޭ ބޮޑު ބޭއިންސާފެއް،ފާފައެއް. މިހާރު މިމީހުން ވަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ހާއްސަ ކެމްޕޭނުތަކެއް ފަށާފަ، މިގޮތުން ސްކޫލުގެ އިންޓަވަލް ގަޑީގައި ހަދީސް ތަކެއް އިއްވަން ބޭނުންވާހަކަ ދަނީ ދެކެވެމުން. މިހަދީސްތަކުގެ ތެރޭގައި މީހުން މަރާ، އަންދާ، ދޮންދަގަނޑުޖައްސާ ވާހަކައާއި، އަންހެނުން ރޭޕް ކުރުމާއި، މިނޫންވެސް ވިޔާނުދާ ޒާތުގެ އެތައްވާހަކައެއް އައުންވެސް އެކަށީގެންވޭ. ދީނުގެ ނަމުގައި ދައްކާކަށް ހަޑި ވާހަކައެއް އަނިޔާވެރި ވާހަކައެއްވެސް ނޯންނާނެ ކަންނޭނގެ. އެއިރުން އެކަންވެސް ވާނީ ސުންނަތަކަށް ނޫނީ ފަރުލަކަށް.

މިދާ ރޭޓުގައު ކުޑަކުދިން ކުޅުން މަނާ ކޮށް އެކުދިންނަށް ގުރުއާން ހިތުދަސްކުރަން މަޖުބޫރުވާ ހިސާބަށް ކަންތައް ދުއްވާނުލާނެއެކޭ ނުބުނެވޭނެ. އެއީ މިހާރުވެސް ވައްހާބީންގެ ދަރިން އެތިބެނީ ކާޓޫނު ނުބެލިފަ، ރީތި ކުޑަކުދިންގެ ހެދުމެއް ނުލެވިފަ (އެއީ އޭގައި ބުދު ކުރަހާފައި ހުންނާތީޔޯ، ﷲ ފިޔަވާ ބާބީޑޯލް އަށް އަޅުކަން ކޮށްފާނެތީ)، ދެން އަނެއްކާ ސްކޫލުގެ މިއުޒިކް ގަޑީގައިވެސް ބައިވެރި ނުވެވިފަ، އަދި ބައެއްކުދިން ސްކޫލަށް ދިޔުމުން މުޅިން މަހުރޫމުވެ އެކަހެރި ކުރެވިފަ. މިހާލުގައި ދިވެހި ހުރިހާކުދިން އުޅޭނެ ދުވަސް އޮތީ މާކަ ދުރަކު ނޫން ކަންނޭނގެ. އެހައްދުވަހުވެސް އަމިއްލަ ދަރިޔާ މޮށެގެން އެ ބަސްޓުވީ މުއްލާ މައުމޫނުގެ އަރިސް ބޭކަލެއް، އެއީވެސް މިސްރުން ކިޔަވާ ވިދާޅުވި ބޭފުޅެކޯލަ.

ދެން މަށަށް އެނގޭ ހަމަ ވަގުތުން އެއީ އަސްލު އިސްލާމްދީނެއް ނޫނޭ ކިޔާ އަނގައަރުވާނެ ބަޔަކު މީގައި ކޮމެންޓްކުރާނެކަންވެސް.އަޅެ ތިޔަބުނާ އަސްލު އިސްލާމެއް ނޭނގުނެއްނުދޯ؟ ތިޔަ އެނގެންދެން ތިބެންވީތަ އެއްވެސް އަސްލެއް ނެތް ކަންތައްތަކަކާހެދި މުޅި ގައުމު ހަލާކުވެގެން ދަންދެން؟ ބަލަ މުސްލިމުން އަދި އެނޫން ދީން ތަކުގެމީހުންވެސް ކުރާ ނުލަފާ އަދި ތާކުންތާކު ނުޖެހޭ ބޯދާ ހުރިހާކަމެއްގެވެސް އަސްލު އޮންނަނީ އެދީނެއްގެ ފޮތްތަކުގައި. މިގޮތުން މުސްލިމުން ކުރާ ކަންތައްތަކާއި އެކަންތައްކަށް ހިތްވަރުދޭ އާޔަތްތަކާއި ހަދީސްތައް މި ބްލޮގް މެދުވެރިކޮށް ގެނެސްދެމުންދާނަން. ބޭނުމަކީ ވަކިދީނަކަށް އުޅޭބަޔަކާ ޖައްސާލާ ރުޅިއެރުވުމެއްނޫން. ބޭނުމަކީ ބުއްދީގެ މައްޗައް ބޯދާވާހަކަތަކެއް އިސްކުޅައުމުގެ މޮޔަކަން ވިސްނާދިނުން. ތިމާމެން މާފަހުރުވެރި ވާ ދީނަކީ ހަގީގަތުގައި ކިހާވަރެއްގެ އެއްޗެއްކަން އަންގާދިނުން. އޭގެ ވިހައިން ގައުމު ސަލާމަތްކުރުން.

އޫސީކުމް ބޫސީކުމް، ސުންނަތުއް ރަސޫލި ވަ އަމްރިއްލާހި އަކްޘަރުލް އަޙަމިއްޔަތި މިނަލް ޅަދަރީން. ވަލްހަމްދު ލިއްލާހި.


Sunday, April 6, 2008
ނޯޓް:
މިލިޔުމުގައިވާ ފޮޓޯގައި އެވަނީ ދިވެހި ދެކުދިން ނޫންކަމަށާއި އަދި އެއީ އަރަތްބެއްގެ ދެކުދިންކަމަށް މިބްލޮގް ކިޔާ މުސްލިމް އުޚްތެއްވަނީ ބުނެފައެވެ. މިއީ އެއްވެސް ހާލެއްގައި ގަސްދުގައި އޮޅުވާލުމުގެ ގޮތުން ކޮއްފައިވާ ކަމެއްނޫން ، އޮޅިގެންވެފައިވާކަމެއް. ކިހިނެއް އެނގޭނީވެސް، ހަމުގެ ކުލައާއި އިސްކޮޅުން މިކުދިން ހީވަނީ ދިވެހިންހެން. ދެން މިނޫން ގޮތަކުން ވައްހާބީ ދިވެއްސަކާ އަރަތްބެއް ވަކިކުރެވޭނެ ގޮތެއްނޯވޭ. މިފޮޓޯގައި ނެތަސް މިކަހަލަ އެތައް ކުދިންނެއް މާލެއާއި ހިމެންދޫފަދަ ރާއްޖޭގެ އެތައްރަށެއްގައި އުޅެމުންދޭ. ފޮޓޯގައިވާ ކުދިންނަކީ އަރަބިންނަށްވުމަކީ ލިޔުން ބޭކާރުވުމުގެ ބަދަލުގައި އެޔަށް އިތުރު ގަދަކަމެއް ގެނެސްދޭނެކަމެއް. މީގައިވާ ހުރިހާ ވާހަކަ ތަކަކީވެސް ތެދު. އެއީ ހަމަ ދީނުގެ ސަބަބުން ދިވެހި ކުޑަކުދިންނަށް ކުރިމަތިވަމުންދާ ކަންތައްތައް. އަދި މިކަމާ ދެކޮޅަށް ތެދުވުމަކީ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއް.

އ


Sunday, March 30, 2008

ދިވެހި ޒަމާނީ ކަރާމާތްއެކި ޒާތްޒާތުގެ ކަރާމާތްތައް ފެންނަކަމަށް ދައުވާކުރުމަކީ ދީންތަކުގެ އާދައެކެވެ. މިހިނގާ 2008 ވަނައަހަރުގެ "ކަރާމާތް ސީޒަން" ފެށިފައިވަނީ މާޗްމަހުގެ ތެރޭގައި ހިކިފަތުން ﷲ ގެ އިސްމުފުޅު އެޅިގެންނެވެ. މާލޭގައި ތާޖުއްދީން ކައިރީ ހިނގި މި "ކުޅަދުންވަންތަކަމުގެ ހެކި" ބަލާލަން އެތައްބައިވަރު ބަޔަކު އެތަނަށް އެއްވިއެވެ. އޭގެ ފަންސަވީހަކަށް ދުވަސްފަހުން އަނެއްކާވެސް އެފަދަ ކަމެއް އަނެއްކާވެސް މިވަނީ ހިނގާފައެވެ. މިފަހަރު ވީގޮތަކީ މަޖީދީމަގުގައި ހުރި ފޯނު ވިއްކާ ފިހާރައެއްގައި އަލިފާން ރޯވެ އެތަނުގައި ހުރި ގިނައަދަދެއްގެ މުދަލާއި ފައިސާ އަނދާހުލިވި އިރުވެސް އެތަނުގައި އޮތް ގުރުއާން ހަތީމަކަށް ހަމައެއްވެސް ގޮތެއް ނުވީޔޯލައެވެ. އޭގެ އަޑިގާ ހުރި ޕުލާސްޓިކުވެސް އަނދާހުލިވެފައިވާކަމަށް އަދާލަތުޕާޓީން ބުނެއެވެ. މިއީ ސުނާމީގައި މިސްކިތްތައް ހަލާކުނުވެ ހުރުން ފަދަކަމެއްކަމަށް އެމީހުން ދެކެއެވެ.

ދެން މިވާހަކަ ދެކެވުނީމާ ހަނދާންވަނީ މިސްކިތްތަކަކީ ރަށްރަށުގައި އެއްމެ ބޮޑު ހަރަދުކޮށް އެއްމެ ވަރުގަދަޔަށް އަޅާ އިމާރާތްތައްކަމެވެ. އަދި ސުނާމީ އަރާފައި ފައިބައިގެން ދިޔައިރު ގެއެއްގެ ބަދިގޭގައި ތަތްކޮށްފާހުރި މައުމޫނު ގެ ފޮޓޯގަނޑަކާ އެގޭ ކޮޓަރިއެއްގެ މޭޒުމަތީ އޮތް މިލްސްއެންޑްބޫންސް ވާހަކަފޮތެއްނޫން އެހެން އެއްޗެހި ރާޅާއެކު ގެއިން އަދި މުޅި އެ ސަރަހައްދުންވެސް ބޭރަށް ދަމާގެންގޮސް ގޭގެ ފުރާޅުވެއްޓިފައިވާތީ ގިނައަދަދެއްގެ ބަޔަކަށް ފެނިފައިވެއެވެ. އަނެއްކާ މިލްސްއެންޑްބޫންސް އަކީ މުގައްދަސް ފޮތެއްބާއެވެ؟ މައުމޫނަކީ ރަސޫލެއްބާއެވެ؟

މީގެކުރިންވެސް މިކަހަލަ ކިތައްމެ ކަމެއް ރާއްޖޭންފެނިފައިވެއެވެ. މިސާލަކަށް ސައިހޮޓަލެއްގެ ދުފާތަބަކުން ފޯއްފޮއްޗެއްގައި ﷲ އެޅިފައިވުން،ގެއެއްގެ ފާރުގައި އަދި ބޭނި މަހެއްގެ ބަނޑުދަށުގައި ﷲ ގެ އިސްމުފުޅު އެޅިފައިވުން ފާހަގަކޮށްލެވެއެވެ. އަދި މުޅި ދުނިޔެއަށްބަލާއިރު އަދަދު ނުކުރެވޭހާގިނައިން މިކަހަލަ ވާހަކަތައް ދެކެވެއެވެ. މިތަނުގައި މިހިރީ މީގެ ބައެއް ފޮޓޯއެވެ.

މިހާހިސާބުން އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ. ﷲ ގެ 99 އިސްމުފުޅު ހުންނައިރުގައިވެސް އެއިން އެހެން އިސްމުފުޅެއް އަޅާނުލަނީ ކީއްވެބާއެވެ؟ މިސާލަކަށް ރާއްޖޭގެ މީހުންނަށް ބިރުދައްކަން ބޭނުމިއްޔާ އަލްމުމީތު ނުވަތަ އަލްޞައްރު ފަދަ އިސްމެއް ބޭނުންކުރީމާ މެސެޖު ސާފުވާނެ ކަމަށް ބެލެވެއެވެ. ދެން އަނެއްކަމަކީ ﷲ ގެ ބަހަކީ އަރަބިބަސްބާއެވެ؟ ދިވެހިރާއްޖޭގައި ނަމަ ދެން ތާނައިން ﷲ ގެ އިސްމު ނުލިޔެވެއެވެ. އެކަމު އިނގިރޭސިވިލާތުގައި ވެސް ހަމަ ކަރާމާތްފެންނަނީ އަރަބި އަކުރުން އެޅިފައި ހުއްޓާއެވެ. މީގެ ހިކުމަތަކީ ކޮބައިބާއެވެ؟ ދެން އޮތީ އެއްމެ މުހިއްމު އެއްސުވާލެވެ. މިސާލަކަށް މި އިސްމުފުޅު ނުބައި ތަނެއްގައި އެޅިއްޖެނަމަ ހަދާނީ ކިހިނަކުންބާއެވެ؟ މިސާލަކަށް ފާހާނާ ތަށިތެރޭގައި (ނަޖިހުން) ނުވަތަ މީހެއްގެ ކުރިމަތީފަރާތުގައި އެޅިއްޖެނަމަޔޯ؟ މިހެން އަހަން މިޖެހެނީ އެއްމެފަހުން ގެއެއްގެފާރުން މި އިސްމު ފާޅުވީ ފަހަރު ސޭހުރަޝީދު (މަތީމަޖިލީހުގެ ރައީސް) ވަނީ އެއީ ކަރާމާތެއް ނޫންކަމަށް ބުނެފައެވެ. ގެއެއްގެ ފާރުވީމާ ކަމުނުދިޔައީވެސް ތޯއްޗެކެވެ.

މީގައި ފާހަގަ ކުރަންޖެހޭ އަނެއްކަމަކީ މިކަހަލަ "ކަރާމާތް" ހުރިހާދީންތަކެއްގެ މީހުންނަށްވެސް ފެނެއެވެ. އެހެންކަމަށްވާނަމަ އެއީ އެމީހުންގެ ދީން ތެދުކަމުގެ މައްޗަށް ދަލީލަކަށް ނުވާނެބާއެވެ؟ މިގޮތުން ކުރިސްޓިއަން ކެތަލިކުންނަށް މަރިޔަމްގެފާނުގެ އެކި ސިފަސިފައިގާ އެކިފަހަރުމަތިން ފެންނަނީކީ ލާހިކު އަދަދަކަށް ނޫނެވެ. އެތައް ސަތޭކަ ބަޔަކަށް އެއްފަހަރާވެސް ފެނިފައި އެބަހުއްޓެވެ. މަރިޔަމްގެފާނުގެ ސިފަފުޅު ވިލާގަނޑުގެ ތެރޭންނާއި ގަސްގަހާގެހިން ފެނިފައިވާކަމަށް އެމީހުން ދައުވާކުރެއެވެ. އަދި ހަމައެހެން ހިންދޫއިންގެ "އެތްކަލާނގެ"، ގަނޭޝާގެ ބުދެއް ކިރުބުއިވާހަކަ އެތައްބައިވަރު ބަޔަކު ރިވާކޮށްފައިއެބަހުއްޓެވެ. އެސޮރު އެއްމެފަހުން މިކަން ކުރިކަމަށްވަނީ 2006 ވަނައަހަރުގެ ތެރޭގައެވެ. ވީމާ ﷲ ތަނެއްގައި އެޅިފައުވުން އެއީ އިސްލާމްދީނުގެ ތެދުކަން ހާމަކުރާކަމަކަށް ނުބެލެވެއެވެ. އެހެންވީޔާ މިހުރިހާދީނެއްވެސް ތެދުކަން އެހާމަވަނީއެވެ. ފަހަރެއްގައި "ﷲ" މި އިސްމު ލިޔެފައި އޮންނައިރު އެހުންނަ ބައްޓަމަށް ދުނިޔޭގެ އެހެން ބަހެއްގައި އެހެން މާނައެއްވެސް ދެވިފައިވެދާނެއެވެ. މިބައްޓަމައް އެއްޗެއް ހުރެއްޖެ ނަމަ އެއީ ކަރާމާތަކަށް ވާންވީ ސަބަބެއްނެތެވެ. ދެން އަލިފާން ރޯވެ ތަނެއް ހުލިވި އިރު ގުރުއާން ނާނދާ އޮތުންވެސް ހަމަ މިފަދައެވެ. ކުރިން މި ބުނި މިލްސް އެނޑްބޫންސް ފޮތާއި މި ގުރުއާން ސަލާމަތް ވުމުގައި ތަފާތަކީ ކޮބާތޯއެވެ؟ ވަނީ އެއްމެ ތަފާތެކެވެ، އެއީ ގުރުއާން އެއީ ބަޔަކުމީހުންނަށް މުގައްދަސް ފޮތަކަށް ވުމެވެ.

މިއާއި ދާދި އެއް ކަހަލަ "ކުރިސްޓިއަން ކަރާމާތެއް" ދާދިފަހުން ވަނީ ހިނގާފައެވެ. ބޮޑުގެއެއް އަނދާ ހުލިވި އިރު ބައިބަލް އެއް ނުއަނދާ ސަލާމަތުން އޮތީއެވެ. ދެން އޭގެ ބޭރު ކަވަރު ގެ ރަބަރު ގަނޑުވެސް އެނދީއެވެ، އެކަމަކު އެތެރޭގައި އޮތް އީސާގެފާނުގެ ފޮޓޯއަކާ ހަމައިން އަލިފާން ހުއްޓުނީޔޯލައެވެ. އަދި ބައިބަލް ގެ އެންމެ ތަންފުކެއްވެސް އަކުރެއްވެސް ނާނދައެވެ. އީސާގެފާނުގެ ފޮޓޯއެއް ހަމަ ދެލި ކޮޅެއްވެސް ޖެހިނުލާ އޮތީޔޯލައެވެ. އީސާގެފާނުގެ ފޮޓޯ އޮތީ މާލޭން ފެނުނު ގުރުއާން ފަދައިން ގެދަބުޅިން ކަޅިވެފައެއްނޫނެވެ. އަނެއްކާ މިކަމާއި އަދާލަތުގެ ދައުވާޔާ ވައްތަރުކަން ދެކިބަލާށެވެ. ދެފަހަރުވެސް ބޭރުކަވަރުގެ ޕްލާސްޓިކް ބައި އެނދީއެވެ. ހޯހޯއެވެ. މުސްލިމުން ބުނާނެހެން ހީވަނީ އެއީ ބައިބަލްގައި ބަދަލުނުވެ ﷲ ގެ ބަސްފުޅުތައް ހުރީމާ ވީގޮތެއް ކަމަށެވެ. އެކަމު ބަދަލުކޮށްފައި ހުރިބައިތައް އަނދާ ތެދުކޮށް ހުރިބައިތައް ބެހެއްޓިނަމަ ހާދަހާވާ ގިނަބަޔަކު އިސްލާންވާނެއެވެ. ﷲ އެދިވޮޑިގަންނަވަނީ އެގޮތެއްނޫންދޯއެވެ. ނަރަކައަށް ލާނެ މީހުން ގިނަކުރުން މުހިއްމީތޯއްޗެކެވެ.

ދެން މިތަނުން ތެދު ކަރާމާތެއް ނޭނގުނެވެ. ހުރިހާ ކަލާނގެތައްވެސް ކަރާމާތާ ޖެހުނީމާ ފިސާރި ގަދައެވެ. ދެން ބާއްވަންވީ އެއްމެ މޮޅު ކަރާމާތް ދައްކާ ކަލާނގެ ހޮވަން މުބާރާތެކެވެ.ރާއްޖޭގައި މިއުޅޭ އުސޫލީ މުސްލިމުން މިކަހަލަ ކޮންމެ ކަމެއް މިބޭނުންކުރަނީ ދިވެހިން ވާވައްދާ ދީނީ ހަރުކަށިކަމުގެ މަޅީގައި ރަނގަޅަށް ބައްދާލުމަށެވެ.

އިސްމަތުﷲ އަލާކުއްލިމަކާން! ފީ ޒަކަރުއް ރިޖާލި ވަލް ފަރުޖުއްނިސާއި!
އ

Wednesday, March 12, 2008

ރިފޯމްކުރަންވީ ދީނެއްނޫން، މީހުންގެ ވިސްނުން

ބުލޮގެއްޖަހައި ނުލެވޭތާ ލައްކަދުވަސްވެއްޖެދޯ. ދެން މިފަހަރު މި ލިޔެލަނީ އިސްލާމިކް ރީފޯމް އާބެހޭގޮތުން. ސަބަބަކީ އިސްލާމް ދީނާ، ޔަހޫދީ ދީނާ،ނަސޯރާ ދީނާ، ހިންދޫދީނާ، މަޖޫސީ ދީނާ، ޔަޒީދީ ދީނާ، އުދުހޭ ސްޕެގެޓީފުރޭތައިގެ ދީނާ، ސައިންޓޮލޮޖީއާ، ދެން މިހެންގޮސް ހުރިހާ ދީންތަކަކީވެސް ވަކި ސަބަބެއް ނެތަސް އިންސާނުން ކުރެ ގިނަ އަދަދެއްގެ ބަޔަކަށް ހަމަ ސައްތައިން ގަބޫލުކުރެވިގެން އެޔަކާހެދި ޖާނުދީ، މަރުހިފާ ދަރަޖައަށް ގޮސްފައިވާ ކަންތައްތަކަށްވާތީ؛ މިޒާތުގެ- އެއްވެސް މަސްދަރެއްނެތް - ޤަބޫލުކުރުންތައް އެއީ މާފަސޭހައިން ދޫކޮށްލެވެން އޮތް އެއްޗަކަށްނުވެއެވެ. ވީމާދެން އަހަރެމެން ދިވެހިންނަށް ޖެހިފައިވާ ކަންތައް (އިސްލާމްދީން) ވެސް ހަރުކަށި ނޫން މިންގަނޑެއްގައި ގެންގުޅެވޭނަމަ ކުޑައިކޮށް ރަނގަޅުވާނެހެން ހީވަނީ. މިކަމަކީ މާކަ ފަސޭހަ ކަމެއްނޫން، ނަމަވެސް މިހާރު މިނިސްޓަރު ކުއްޓި ނަޝީދު ދަނީ މިކަމާ ވަރަށް ގަދައަށް ހަނގުރާމަ ކުރައްވަމުން. އޭނާ އަފްރާޝީމް ޓީވީއަށް އަރުވައިގެން އުޅޭތީ އެކަމާ ދެން ދިވެހި މީޑިޔާގައި ނުބަވާކަށް ނޫހެއް ނެތޭބުނެވޭނީ. އަދާލަތުޕާޓީން އެބުނަނީ މިޔުޒިކަކީ ހަރާން އެއްޗެކޭ، ނަމަވެސް އަފްރާޝީމް އެބުނަނީ އެއީ ހުއްދަ އެއްޗެކޭ. މިދަރަޖާގައި ބަހުސްތައް އަދި މިދަނީ؛ އެކަމަކު އެކަންވެސް ޓޮލެރޭޓް ނުކުރެވި ، ހިތައްވާ ތަދަކުން އޭނާ ހިފާ ހައްޔަރު ކުރަން އެއަންގަނީ. މިހާރު ދެން ވައްހާބީ އިސްލާމް ވަރެއް ދިވެހިންނަށް ނެތް ހެން ހީވަނީ. އަފްރާޝީމް ފަހާ ތުނބުޅިމީހުން ދުވީ އޭނާ އާ އެކު އެނާގެ ކުޑަ ދަރިއެއްވެސް ހުއްޓާ، އެމީހުން ފާހާނާ ތެރޭބެދިފައި ތިބީ، އެކުޑަ ސޮރަށް ނަފްސާނީ ގޮތުން ކުރާނެ އަސަރަކަށްވެސް މިއާލާތުން ބަލާލުމެއްނެތް.

އަނެއްކާކޮބާ؟ މިއުޅޭ މުއްލާ މައުމޫނުވެސް އަދާލަތާ ދެކޮޅަށް އެބުނަނީއޭ މިއުޒިކު ހުއްދަވާނެއޭ.ބަހުސަކަށް ދަނީޔޯލަ ދެބައިމީހުން. ހައެރާމް! ބަހުސް ކުރާނެ ކަންތައް ރާއްޖޭގައި މަދީ ތޯއްޗެ.

މިމައްސަލައަށް އަލި އަޅުވާލާ އެއްޗެއް ލިޔެވޭތޯ ބަލާނަން ފަހުން. އެކަމު ދެން މިވަގުތައް އެކަން ފަސްކޮށްލާފައި މިބަލާލަނީ އިސްލާމްދީނުގައި މޮޑެރޭޓްވުން ނުވަތަ މެދުމިން ވުމާމެދު އަވަސް ނަޒަރަކުން.

އެއްމެ ފުރަތަމަ ސުވާލަކީ އިސްލާމްދީނަކީ އޭގެ މަސްދަރުތަކަށް (ދީނީ ލިޔުންތަކަށް) ބަލާއިރު އޭގެ ޒާތުގައިވެސް ހައްދުފަހަނައަޅާ ގާދޫކޮލުން ކީއްކުރަން ސިދުރަތުލް މުންތަހާއިންވެސް ބޭރަށް ގޮސް ނިމިފައިވާ ދީނެއް. މީހުން މެރުމާ، އަނިޔާވެރި ވުމާ، އަންހެނުންނަށް އިހާނެތިކޮށް ހިތުމާ މިހެން ގޮސް ކިތައްމެ ކިތައްމެ ކަމެއް. އެކަމު ހަމަ މިދީނުގައި "ލަކުމް ދީނުކުމް ވަލިޔަދީން"އާއި މިނޫންވެސް ވަރަށް ކީރިތި މޫރިތި ބަސްތައް އެބަހުރޭ. މީހުންނަށް އޯގާވެރި ވުމާ، ލޯޑު ބުއްދާގެ ފަލްސަފާގައިވާ ޒާތުގެ ސުލްހަވެރި އެތައްކަމެއް މިދީނުގައިވެސް ވޭ. ދެނޯ؟ ދެން މިވަނީ ކިހިނެއްބާ؟

އާނ، މިވާގޮތަކީ އިސްލާމްދީން އުފެދުމުގައި މައިގަނޑު ދެދައުރެއް އެބަވޭ. އެއީ މައްކީ އަދި މަދަނީ ދައުރު. މިކަމާމެދު
(ސަރ ވިލިއަމް މުއިރ އާއި ޢަލީ ދަޝްތީ ފަދަ) ވަރަށް ގިނަ އޮރިއެންޓަލިސްޓުން، އަދި މިނިވަން މުފައްކިރުން ތަފާތުއެތައް ފަހަރަކު އެތަކެއް ވާހަކައެއް ބަޔާންކޮށްފައިވޭ.

މީލާދީން 619 ވަނައަހަރު ލޯބިވާ އަނބިކަނބަލުން ހަދީޖަތުގެފާނާއި ބޮޑުބޭބެ އަބޫ ތޯލިބު މަރުވުމުން މުހައްމަދުގެފާނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ގެއްލުން ވިއެވެ. ހަދީޖަތުގެފާނު ނުވީނަމަ އިސްލާމްދީން ނުވީސްކަން ޔަގީނެވެ، އަދި އަބޫތޯލިބަކީ މުހައްމަދުގެފާނުގެ ދިފާއު ކަމުގައިވިއެވެ. ދެން މިއަށްފަހު މައްކާގެ މީހުން (އެމީހުންގެ ބޯދާ ކަމާއިވެސްއެކު) ސުލްހައިގެ ދީނެއް އަދި މުޅި ހުރިހާ އިންސާނުން އެއްބައިވަންތަކުރަން އުޅޭ، އަރަބިންގެ ބޯދާބައެއްކަންތައް (އަންހެންދަރިން ވަޅުލުންފަދަ) ރިފޯމްކުރަން އުޅޭ ދީނެއްފަތުރަން އުޅޭތީ މުހައްމަދުގެފާނު މަރާލާ ހިސާބަށް ކަންތައްތައް ގެންދިޔަ. އެހިސާބުން
(ހަބުޝްކަރައަށް ހިޖުރަކުރުމާއި ހާޝިމީން ބޮއިކަޓްކުރުންފަދަ) އެތައް އެތައް ކަންތައްތަކަކަށްފަހު އެއްމެފަހުން ހިޖުރަކުރީ މަދީނާއަށް. އާދަޔާޚިލާފު ސަޕޯޓެއް ނެތި ދެކޮޅުވެރިކަމެއް (ޚާއްސަކޮށް ޔަހޫދީންގެ ފަރާތުން) އޮތްނަމަވެސް މަދީނާމީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އިސްލާމްވެފައިވަނީ. ވީމާދެން އެތަނުގައި ދައުލަތެއްހެދީ، ހަދާ ދީނީ ކެމްޕޭނުގެ ތެރޭން ސިޔާސީ އަދި އަސްކަރީ ކެމްޕޭނު ފެށީ. ދެން އަންނަން ފެށީ ހަރުކަށި އާޔަތްތަކާ ހަދީސްތައްކަމަށްވީ. ގުރުއާނުގެ މިކަހަލަ ހުރިހާ އާޔަތެއް އައީ މިދައުރުގައި. މުހައްމަދުގެފާނުގެ ހަޔާތަށް ވަރަށް ގިނަގޮތްގޮތުން ބަދަލުއައި. ކުރިން ވަފާތެރި އެއްމެ އަނތްބަކު ގެންގުޅެފާ،ފަހުން ބައިވަރު މީހުނާ އިނދެ އަޅު އަންހެނުން ގެންގުޅެ މިޒާތުގެ ބަދަލު ތައްވެސް އައީ. ޖިހާދުކުރުން އޮތީ އެއްމެނަށް މަޖުބޫރުކޮށްފަ. މުޅި ދުނިޔެއަށް ދީން ފެތުރުމުގެ އަމުރުވެސްއައީ މިހިސާބުން. ބޭރުގެ ގައުމުތަކަށް އިސްލާމްވާށޭ ކިޔާ ސިޓީވެސް ފޮނުވީ. ދެން ހަމަ މުޅިން ހަނގުރާމައާ ސިޔާސީބައި އޮތީ އޭގެފަހުން މައިގަނޑުގޮތެއްގަ.

އެހެންވެގެން މި ފުށުއަރާ ޚިޔާލުތަކެއް މިއުޅެނީ. އުސޫލީން (ނުވަތަ ފަންޑަމެންޓަލިސްޓުން) ގެ ގޮތްތަކުގައި ހައްދުފަހަނަ އެޅުންބޮޑު. ނަމަވެސް މައުމޫނުމެން ކަހަލަ އިޚްވާނީ ، އަދި އަޝްޢަރީ ޚިޔާލުގެ އުސޫލީންގެ ތެރޭގައި އާއްމު މީހުންނާ ގުޅޭ ކަންތައް ހުންނަނީ މޮޑަރޭޓްކޮށް. މިސާލަކަށް ލަވަޖެހުން ހުއްދަވުން. ނަމަވެސް ބުރުގާއެޅުމާ، މުރުތައްދުމީހުން މެރުން ކަހަލަ ކަންތައް މިމީހުންވެސް ނަގާނީ ވަރަށް ސީރިއަސްކޮށް. ދެން މިހުރިހާބައެއް މޮޑަރޭޓްކުރަންޏާ އެއްގޮތަކީ ގުރުއާނުން ބައެއް އާޔަތްތައް ކަނޑާލުން، އަދި ހަދީސް ގަބޫލުނުކުރުން. ނަމަވެސް އޭރުން އެވެވެނީ މުރުތައްދުވެ ދީނުން ބޭރު. ދެން އޮތީ އެއްމެ ޗޮއިސްއެއް، އެއީ ރޫހާނީ ގޮތެއްގައި އިސްލާމްދީނާމެދު ދެކުން. މިސާލަކަށް ސޫފީން އެގެންގުޅޭ އުސޫލުތައް. އެއީ ކުރިން ދިވެހިންގެމެދުގައިވެސް ބޮޑަށް މަގުބޫލު ވައްތަރަކީ. ކުރިން ރާއްޖޭގައި އޮތީ އިސްލާމްދީނުގެ ރިމިކްސް އެއް. އެއީ ސުލްހަވެރި ވައްތަރެކޭބުނެވޭނީ. އެކަމު މައުމޫނަށް ކިޔެވުނީ މިސްރުން އޭނައަށް ކަމުދިޔައީ ބިންލާދިންއަށް ވެސް ކަމުދިޔަ އިސްލާމީ މުފައްކިރުން. އެހެންވެ އޭނަ އައިސް ނަދުރު ބުނުން މަނާކޮށް، ޒިޔާރަތްތައް ތަޅާ ސުންނާފަތިކޮށް، ބުރުގާއެޅުން ޕްރޮމޯޓުކޮށް (މިކަން ކުރިކަމަށް ފެންނަނީ އޭނާއަށް ސަޕޯޓްކުރި މުއްލާއިންގެ ބާރުންކަމަށް ބެލެވެނީ . މިއީ އޭނާ ޕަރސަނަލީ މާގަޔާވާކަމެއްކަމަކަށް ނުފެނޭ) ވަޖިދުވުން މަނާކޮށް، މާލޫދުކިޔުން މަނާކޮށް "ދިވެހި އިސްލާމް" ދީން މަރާލީ.

އެހިސާބުން ފެށުނީ އުސޫލީ (ފަންޑަމެންޓަލިސްޓު) ދައުރު. އުސޫލީއެއް ނަމަވެސް މައުމޫނަކީ އިޚްވާނީ ފިކުރުގެމީހަކަށްވާތީ އޭނާ މީހުންގެ ބޮލަށް ވެއްދީ ޖިހާދު ކުރެވޭނެ ކަމަށް އެކަމު ސަރުކާރުގެ ދަށުން ކަމަށް. ވައްހާބީންނާ މާ ގަޔާވާ މީހަކަށް އޭނާ ނުވީ ސިޔާސީ ސަބަބުތަކަށްޓަކައިކަމަށް ބެލެވެނީ. އެކަމު ދެން ވީގޮތަކީ މައުމޫނީ އިސްލާމްގައި ޖަވާބު ނުލިބޭ ސުވާލުތައް ގިނަވީ. އޭގެން އަޅާދިން އުސޫލީ ބިންގާގެ މަތީގައި ބިނާ ކުރާނެވަރަށް ގާ ނެތުނީ. މިހިސާބުން ދިވެހި ޒުވާނުން އެނބުރިގަތީ ސައުދީ އަރަބިއްޔާއިން ސްޕޮންސަރ ކޮށް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ޑިސްޓްރިބިއުޓް ކުރާ ވައްހާބީ އިސްލާމް އަށް. އަދި މަތީމަޖިލީހުގެ ވެރިން އަޑީގައި ތިބެގެން ޕާކިސްތާނާ ސައުދީއަށް ދިވެހި ކުދިން ފޮނުވުމަށް ހިއްވަރުދެމުން ދިޔައީ. ސައުދީއިން އަހަރަކު ހައެއްކަ ދިވެހިންނަށް މަދީނާ ޔުނިވަރސިޓީން ހިލޭ ކިޔަވާދޭން ފެށީ. ދެން ވަހާބީން ގިނަވެ އޭގެން ކަފި ކަފި ފަޅާ ޖިހާދީންނާ ބިންލާދިން ގުރޫޕުވެސް އުފެދުނީ. މިހާރު ކުއްޓި ނަޝީދު ކުރައްވަން އެ އުޅުއްވާކަމަކީ ދިވެހި އިސްލާމް އަލުން ދިރުވުން. އުސޫލީ މިންގަނޑުތަކުގެ ތެރެއިން "ދިވެހި އިސްލާމް" އަލުން އުފެއްދުމަށް ޑރ.އަފްރާޝީމް ލައްވާ އެ އުޅުއްވަނީ.

ނަމަވެސް އަހަރެން ދެކޭގޮތުގައި ދެން އިތުރަށް ދިވެހި ރައްޔިތުން ވާވެއްދުމުގެ ބަދަލުގައި މިނިވަންކަމާއެކު އިސްލާމްދީނާ މެދު ފާޑުކިޔުމުގެ ފުރުސަތު ހުޅުވާލުން މާރަނގަޅުވާނެ. ދީން ރިފޯމް ކުރީމާ ދީން އެ ބަދަލު ކުރެވެނީދޯ؟ ދީން ބަދަލުކުރީމާ އެހިސާބުން އިސްލާމްދީން އެ ދިޔައީ. އިސްލާމްދީނަކީ ފުރިހަމައަށް ބާވާލެއްވިދީނެއް. ދީނުގެ އެއްބައިކަންތަކުގައި ހިފާ އަނެއްބައި ދޫކޮށްލީމާ މީހާ ކާފަރުވާނެ. މިބުނީ މިސާލަކަށް އަސްކަރީ ޖިހާދުކޮށް ދީން ފެތުރުން ނުވަތަ ދީނުގެ މައިގަނޑު އަމުރެއް އެއީ ނެތްކަމެކޭ ބުނެފިނަމަ.

ރޭޑިޔޯއިން ގައިމު ބުނޭ "ތިޔަ ބޭފުޅުންގެ ފާޑުކިޔުމަކީ އަޅުގަނޑުމެންގެ ކުރި އެރުމޭ" . ނަމަވެސް އިސްލާމްދީން ކަހަލަ 'ފުރިހަމަ' ދީނެއް ކުރިއަރާކަށް ދެން ތަނެއް ނެތްވިއްޔާ، ދެން ކުރާނެ ބަހުސްވެސް ނެތެންނު. ގަދަބާރުން (އެއްމެފުރަތަމަ) އަދި ނުބައި ނަސީބުން (މިހާރު) ވިޔަސް މިތިބީ އެދީނަށް ވަދެވިފައެވެ. ދެން ނިކުމެވޭނީ ބޯ ކަނޑާލެވިގެން. ނަމަވެސް މިއީ މިޒަމާނުގައި މީހުންގެ ވިސްނުން ހުންނާންވީ ދަރަޖައެއްނޫން ދެއްތޯ؟ މިހާރު މިޒަމާނުގައި އިސްލާމްދީނަކީ ފުރިހަމަ ދީނެއްކަމަށް ބުނަންޏާ އެކަން ސާބިތު ކޮށްދޭންޖެހޭނެ. އެކަމާ މިނިވަންކަމާއެކު ބަހުސްކޮށް ވާހަކަދެއްކުމުގެ ފުރުސަތު އޮންނަން ޖެހޭނެ. އަދި އެބައޮތޭ އެއްވާހަކަ ނިންމާލުމުގެ ކުރިން، އެއްފަހަރުވެސް ވިސްނާލިންތާ، އަސްލު އެއްމެ ރަނގަޅު އިސްލާމްދީނަކީ ކޮބައިތޯ؟ އެތައް ސަތޭކަ ވައްތަރެއް އެބަހުރި، އޭގެން ހިޔާރު ކުރާނީ ކޮން ބްރޭންޑެއްތޯ؟ އަދި އިޚްތިޔާރު ކުރެއްވި ކުރެއްވުން ޖަސްޓިފައިކުރައްވާނީ ކިހިނެއްތޯ؟ އެހެން ވައްތަރެ ހިޔާރު ނުކުރައްވަނީ ކީއްވެތޯ؟ ގުރުއާނުގެ ނުވަތަ ސުންނަތުގެ ތެދުކަން އެނގެނީ ކިހިނެއްތޯ؟ ޚިޔާލީ ވާހަކަތަކެއް ދިރިއުޅުމުގެ އަސާސެއްކަމުގައި ހަދައިގެން މި އުޅެނީ އަޅެ ތިމާގެ އަގީދާ ނުވަތަ ގަބޫލުކުރާ ކަންތަކާމެދު (ހެއްކާއި ބުއްދިކުޅައުމުގެމަގުން) ކިހާ ޔަގީންކަމެއް އޮވެގެންބާއޭ ހިތައްއަރާ ސަހަރޯހީވާ ފަހަރުވެސް އާދޭ. އޫސީކުމް ބޫސީކުމް ވައަލާކުއްލިނަފްސިކުމް، ކޮން ފަދަޔަކުމް، ލާއިލާހަ ފީކުއްލިމަކާން. ސޮދަގަލޯހުލްއަލީމް.
އ

Saturday, February 23, 2008

ފައްޅި އެންދުމާއި ކަނޑިން ދީންފެތުރުން


ޞަޙީހުލްބުޚާރީ،ވޮލިއުމް:5، ފޮތް:59،ނަންބަރު:643

ޤައިސް ރިވާކުރެއްވިއެވެ.
ޖަރީރްވިދާޅުވިއެވެ :
"ﷲ ގެ ރަސޫލާ އަހަންނަށް ހަދީސްކުރެއްވިއެވެ، "ޛުލްޚަލަސާގެ ކިބައިން ތިމަން ކަލޭގެފާނު މިންޖުކޮށް ސަލާމަތްކޮށްދީފާނުހެއްޔެވެ؟" ތިމަން (ޖަރީރް) ދެންނެވީމެވެ، "އާދޭހެވެ (ތިޔަކަން ކޮށްދޭހުށީމެވެ)".
ދެން އަޚްމާސް ޤަބީލާގެ އަސްދުއްވުމަށް ކުޅަދާނަ ހުނަރުވެރި ސަތޭކަ ފަންސާސް އަސްވާރުންނައިގެން އަހަރެން (އެމަސައްކަތައިގެން) ކުރިއަށް ދިޔައިމެވެ.

އޭރު އަހަންނަކީ އަހުގެމަތީގައި ހަމަޖެހި ސާބިތުކަމާއެކީ އިނދެވޭ މީހެއްނޫނެވެ، އެހެންވެ އެކަން އަހަރެން ނަބިއްޔާއަށް އެންގީމެވެ، އަދި އެކަލޭގެފާނު އަހަރެންގެ މޭމަތީގައި -އެޖެއްސެވިތަން ފާހަގަވެ އެނގޭވަރުވަންދެއް- އަތްޕުޅުން ޖެއްސެވިއެވެ. އަދި ހަދީސްފުޅުކުރެއްވިއެވެ،"ޔާﷲ! މީނާ ސާބިތުކުރައްވާނދޭވެ.އެހެންމީހުންނަށް (ތެދުމަގަށް) މަގުދައްކާދޭ އަދި ތެދުމަގު ލިބިގެންވާ މީހެއްކަމުގައި މީނާ ލައްވާނދޭވެ". އޭގެފަހުން އަހަރެން ދުވަހަކުވެސް އަހަކަށް ސަވާރުވެގެންއިންދާ ވެއްޓިފައެއްނުވެއެވެ.

ޛުލްޚުލަސާ އަކީ ޔަމަނުގައި ހުންނަ؛ ޚަތަމް އަދި ބަޖައިލާ ޤަބީލާއަށް ނިސްބަތްވާ ގެއެކެވެ، އަދި އެތަނުގެތެރޭގައި އަޅުކަންކުރެވޭ ބުދުތަކެއްވިއެވެ، އަދި އެތަނަށް އަލް ކައުބާ އޭ ކިޔާ ނަންދެވިފައިވިއެވެ. ޖަރީރް އެތަނަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި ހުޅުޖަހާ އަންދާލާ އެތަން ބިމާހަމަކޮށް ރޫޅާލިއެވެ.

ޖަރީރް ޔަމަނަށް ވަޑައިގެންއިރު އެތަނުގައި ކުރިއަށް ވާންހުންނަ ކަންތައްތައް ބުނެދީ، ކަހީނުކަމުގެ ތީރު އުކައިގެން ހެޔޮފާލު ބުނެދީ އުޅުނު މީހަކު (ކަހީނަކު) އުޅުނެވެ. ކޮންމެވެސް މީހަކު އެމީހާއަށް ބުންޏެވެ:
"ﷲ ގެ ރަސޫލާ މިތަނުގައި ހާޒިރުވެވަޑައިގެން އެބަ ހުންނެވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުގައި ކަލޭ ޖެހިއްޖެނަމަ، އެކަލޭގެފާނު ކަލޭގެ ކަރު ބުރިކޮށްލާނެއެވެ".

އެއްދުވަހަކު އެ (ކަހީނު) މީހާ އެއެއްޗެތި (ކަހީނުކަމުގެ ތީރުތައް) ބޭނުންކުރަމުންދަނިކޮށް ޖަރީރް އެތަނުގައި މަޑުކުރައްވާ އޭނާއަށް ދެންނެވިއެވެ:
"ތިޔައެއްޗެހިތައް (ތީރުތައް) ބިންދާލާށެވެ، އަދި ﷲ ފިޔަވާ ހައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވާށެވެ (އެބަހީ ޝަހާދަތް ކިޔާ އިސްލާމްވާށެވެ)، އެހެންނޫނިއްޔާ އަހަރެން ކަލޭގެ ކަރު ބުރިކޮށްލާނަމެވެ."
ދެން (އެހެން ދެންނެވުމުން) އެމީހާ ތީރުތައް ބިންދާލާ، ﷲ ފިޔަވާ ޚައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށްހެކިވިއެވެ (ޝަހާދަތްކިޔާ އިސްލާމްވިއެވެ)
ދެން ޖަރީރް މިކަމުގެ (ޛުލް ޚަލާސާ އަންދާ ހަލާކުކޮށްލެވުނުކަމުގެ) ހެޔޮ ހަބަރު ދެންނެވުމަށް ނަބިއްޔާގެ އަރިހަށް އަހްމާސް ޤަބީލާގެ އަބޫ އަރްތަތާ ނަމަކަށްކިޔުނު މީހަކު ފޮނުއްވިއެވެ. ދެން އެމީހާއަށް ނަބިއްޔާއާ ހަމައަށް ދެވުމުން އޭނާ ދެންނެވިއެވެ:
" އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނު ޚައްޤައިގެން ފޮނުއްވެވި ފަރާތް ގަންދީ ބުނަމެވެ، އެތަން ދޫކޮށް އަހަރެން އައި އިރު އެތަންވަނީ ކުރަލާފައިވާ ޖަމަލެއްފަދައިންނެވެ."
ދެން ނަބިއްޔާ އަހްމާސް ޤަބީލާގެ އަސްތަކަށާއި އެގަބީލާގެ ފިރިހެނުންނަށް ފަސް ފަހަރަށް ހެޔޮދުއާކުރެއްވިއެވެ.

މިހަދީސްގައި މީހަކު އެ ކަހީނު ކަލޭގެ އަށް އިންޒާރު އެދެނީ ވަރަށް ބިރުވެރި ކަމަކާމެދުއެވެ. އެއީ މުހައްމަދުގެފާނު އެސަރަހައްދުގައި އުޅޭވާހަކައެވެ. ބިރުވެރިވަނީ ކީއްވެގެތޯއެވެ؟ އެއީ އޭނާގެ ކަރު އެކަލޭގެފާނު ބުރިކޮށްލާނެކަމުގެ ބިރު އޮތީމައެވެ. މިއީ މުހައްމަދުގެފާނާމެދު މީހުން ގެ ހިތްތަކުގައި ބިރުވެރިކަން އޮތް މިންވަރެވެ. މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް އިނގިރޭސިބަހުން ކިޔާއުޅެނީ "ޓެރަރިޒަމް" އެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުންނަށް "ޓެރަރިސްޓުން"ނެވެ. އެކަލޭގެފާނުގެ ގޮތް މިމީހާއަށް ރަނގަޅަށް އެނގެނީތާއެވެ. ބިރުގަތުން ހައްގެވެ.

ދެން ބަލާލަންޖެހޭ އަނެއްކަމަކީ ބަޔަކުމީހުން އެހެން ކައުބާއެއް ހަދައިގެން އުޅޭތީ އެތަން އަންދާލަން ފޮނުވުމެވެ. މިއީ ދީނަށް ގޮވާލުމުގެ މަގެކެވެ. މިބާވަތުގެ މިޝަނަރީ ހަރަކާތްތަކުގައި އޮންނަނީ ތިން އިޚްތިޔާރެވެ. އެއީ އިސްލާމްވުން،މުސްލިމުންނަށް ޖިޒީދީގެން އެމީހުންގެ ދަށުގައި (ޛިންމީންގެ ގޮތުގައި) އުޅެން އެއްބަސްވުން ނުވަތަ އިސްލާމްނުވުމެވެ. ފަހު އިޚްތިޔާރު (ފުރަތަމަ ދެގޮތްގަބޫލުނުކުރުމު)ގެ މާނައަކީ މަރެވެ. ޖިޒީ ދިނުމުގެ އިޚްތިޔާރުވެސް ދޭފަހަރާ ނުދޭފަހަރު އާދެއެވެ. މިހަދީސްގައި ޖަރީރް އެވަނީ ކަހީނު މީހާއަށް މި އިޚްތިޔާރު ނުދީފައެވެ. އޭނާއަށް އޮތީ އިސްލާމްވުން ނުވަތަ މަރުވުމެވެ.ކުރާނެ ކަމެއްނެތެޗެ މާތް ﷲ އޭނާއަށް ޞުލްހައިގެ ދީނުގެ މަގަށް ހިދާޔަތު ދެކެވުމަށް އިރާދަކުރެއްވީ ކަނޑީގެ މިޔަދަށުގައެވެ.

ޞުލްހައިގެ ދީނުގެ ނަމުން މަޝްހޫރުވެފައިވާ އިސްލާމްދީނުގެ ބާނީ އަދި ރަސޫލާ، ކޮމާންޑަރު މުހައްމަދުގެފާނުގެ އަމުރަށް އައިސް ދެ ޤަބީލާއެއްގެ މުގައްދަސް ތަނެއް އެހަލާކުކޮށްލީއެވެ. ރޯކޮށްލާ ބިމާހަމަކޮށްލީއެވެ. މިއީ ތޯލިބާނުން އަފްގާނިސްތާނުގެ ބާމިޔާންގައި ހުރި ބުއްދާ ގެ ބޮޑު ދެބުދު ހަލާކުކޮށްލުމަށް ހިތްވަރު ލިބިގަތް ހަދީސް އަކަށްވެދާނެއެވެ. މިއީ އިސްލާމްދީނުގައި އެހެން ދީންތަކުގެ މީހުނަށް އިޚްތިރާމް ނުކުރާކަމުގެ ލާމަސީލު މިސާލެކެވެ. އަނިޔާވެރިކަމާ ގަދަބާރުން ދީންފެތުރުމުގެވެސް މިސާލެކެވެ. މިއީ ސުންނީމުސްލިމުންގެ ގިނަ ޢިލްމުވެރިންގެ އަރިހުގައި ޞައްޙަ ހަދީސްފުޅެކެވެ. ﷲ އަކުބަރު!
އހ